އާދިއްތަ, November 1
އާރްޑީސީން، މާފަންނު ސްޓޭޑިއަމް ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

އަމީނީމަގުގެ މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ ތާރުގަނޑަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށައިފިއެވެ.

އެކުންފުނިން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓްގައި ބުނީ، އަމީނީމަގު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ތާރު އަޅާފައިވާ ހިސާބަށް ގެއްލުންވެފައި ވުމުގެ ސަބަބުން އެ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއު ކުރީ ސަރުކާރުން ހަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ.

މި މަޝްރޫއުގެ މަސައްކަތް ނިމިފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ނަމަވެސް މި މަސައްކަތް ނިމުނުއިރު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އަޅާފައިވާ ތާރުގަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

މަރާމަތުގެ މަސައްކަތާއި ގުޅިގެން މިއަދުން ފެށިގެން މަސައްކަތް ނިމެންދެން މި ސަރަހައްދު ދުއްވާ އުޅަނދުފަހަރަށް ބަންދު ކުރެވޭނެ ކަމަށް ވެސް އާރްޑީސީން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު