އާދިއްތަ, November 1
މާލޭ ގެއެއް ގަނބައިގަނެ އަޑިއަށް ދާތީ މީހުން ހުސްކުރަނީ

މާލޭ ގެއެއްގައި ރެނދުއަޅައި، ގަނބައިގަނެ އަޑިއަށް ދާތީ މީހުން ހުސްކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ސިޓީ ކައުންސިލުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ މ. ކެރިންލައިޓް އިމާރާތް ކުރަމުން ދިޔައިރު ޝީޓް ޕައިލްނުކޮށް ހުރުމުގެ ސަބަބުން ޖެހިގެން ހުރިގެ މ. ލަކީ ހެވަންގެ ރެނދު އަޅައި އަޑިއަށްދާތީ އެ ގެއިން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީހުން ހުސްކުރުމުގެ މަސައްކަތުގައި އެ ދާއިރާގެ ކައުންސިލަރ އިބްރާހިމް އަބޫބަކުރު، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރ ހަސަން ނިޒާމް އަދި ކައުންސިލްގެ މުވައްޒަފުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

މައޫލޫމާތު ލިބޭގޮތުގައި އެގޭގައި 4 ކޮޓަރީގައި 4 އާއިލާ އާއި 18 އަހަރުން ދަށުގެ 3 ކުދިންނާ 6 މީހުން އުޅެއެވެ.

އަދި ދެ ބައެއްގައި ބޭރު މީހުންތަކެއް ކުއްޔަށް އުޅޭ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު