ދަ ޑިމޮކްރެޓްސް (ޑެމްސް) ގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައިވާ މި ދަނޑިވަޅަކީ ޑެމްސްގެ ލީޑަރޝިޕަށް ޒުވާނުން އިސްވެ ޕާޓީ ހިންގުން އަލުން ތަރުތީބުވެލާންވީ ވަގުތު ކަމަަށް އެ ޕާޓީގެ ނެޝަނަލް ކައުންސިލުގެ މެންބަރު އަދި ވ.އަތޮޅު ކައުންސިލުގެ ރައީސް ޝުޖާޢު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަޠީފް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފައިވާއިރު، ޕާޓީގެ އެއް ނައިބު ރައީސް މުޙައްމަދު ޝިފާޒާއި، ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާޒިމާއި، މިދިޔަ ރިޔާސީ އިންތިޚާބުގައި ޑެމްސްގެ ރަނިންގމޭޓްގެ ގޮތުގައި ހުންނެވި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު ރޭގެ ވަގުތެއްގައި ވަނީ ޑެމްސްއިން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ މިއީ ލީޑަރޝިޕަށް ޒުވާނުން އިސްވެ, ޕާޓީ ހިންގުން އަލުން ތަރުތީބުވެލާންވީ ވަގުތު ކަމަށެވެ.
މިއީ ޒުވާން ޖޯޝާއި ފޯރި މި ޕާޓީއަށް ހޯދުމަށް ލިބުނު ރަނގަޅު ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
'"ދާންވީ ބާރަށް ކުރިޔަށް!"' ވާވު ރައީސް ވިދާޅުވިއެވެ.
ޑެމްސްގެ އިސް ބޭފުޅުންތަކެއް ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައިވާއިރު، މިކަމާ ގުޅިގެން ޕާޓީއިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިކަމާ ގުޅިގެން މައުލޫމާތު ދިނުމަށް މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ޑެމްސްއިން ތައްޔާރުވަމުން އަންނަ ކަމުގެ މައުލޫމާތު ލިބެއެވެ.
ޑެމްސްގެ އިސް ބޭފުޅަކު ވިދާޅުވެފައިވާ ގޮތުން އެ ޕާޓީ އުފެއްދީ އެމްޑީޕީގައި ގޯސްތަކެއް ހުރުމުން އެ ކަންކަން ކަމުނުދާތީއެވެ. އަދި މިހާތަނަށް އައިއިރު ވެސް އެމްޑީޕީގެ އެ ހާލަތު ބަދަލުނުވާއިރު، އޭރު އެމްޑީޕީ ކަމުނުގޮސްގެން އުޅުއްވި '"ބޭފުޅުންތަކެއް"" އަލުން އެ ޕާޓީއާ ގުޅިވަޑައިގަތީ ""ކޯއްޗެއް ފެނިގެން"' ކަމެއް ދަންނަވަން ނޭނގޭ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ނަން ނުޖަހާ ގޮތަށް ސަބަބު އާ ވާހަކަ ދެއްކެވި އެހެން ބޭފުޅަކު ވެސް މިކަން ސިފަކުރެއްވީ ޖޯކެއްގެ ގޮތުގައެވެ.
''މިއީ ގަތް ވަޅަށް މިޔަން އައުން،''
އެމްޑީޕީގެ ވައްކަންތައް ގޯސްވެގެން އެއާ ދެކޮޅަށް އެންމެ ގަދަޔަށް ވާހަކަދައްކަވާފައި، އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ '"ވައްކަން އޯކޭވުން"' ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަކާ ގުޅިގެން އެ ޕާޓީ ބައިބައިވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އިސްވެ ތިއްބަވައި ޑެމްސް ވުޖޫދަށް ގެންނެވީ އެމްޑީޕީން އެ ޕާޓީގެ އަސާސްތަކާ ޚިލާފަށް ކަންކަން ކުރަމުންދާ ކަމަށް ބުނެއެވެ.







2 ކޮމެންޓު
ވޭހުރި މީހަކު ތިޕާޓީއަކައްނުދާނެ.
އަފުންގެ އަނގައިން މައިބަފާ ހުސްވާނެތަ!؟ ގަންޖާބޭ