Saturday, October 31
ޑެމްސްގެ ރައީސް ޙަސަން އިސްތިއުފާ ދެއްވައިފި

ދަ ޑިމޮކްރެޓްސް (ޑެމްސް) ގެ ރައީސް އަލްއުސްތާޒު ޙަސަން ލަޠީފް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޙަސަން ވަނީ ޑެމްސްގެ ރައީސްކަމުން އިސްތިއުފާދެއްވިކަން '"ސަބަބު"' ނޫހަށް ކަށަވަރުކޮށްދެއްވައިފައެވެ.

''އަޅުގަނޑަށް ފެންނަ ގޮތުގައި އަޅުގަނޑު މިވަގުތު ޑިމޮކްރެޓްސްގެ ރައީސްކަމުން އިސްތިއުފާދެއްވުމަކީ ވަރަށް މުހިންމު ކަމެއް،'" ""ސަބަބު"' ނޫހުން ދެންމެ ސުވާލުކުރުމުން ޙަސަން ވިދާޅުވިއެވެ.

ޙަސަން އިސްތިއުފާދެއްވާފައި މިވަނީ ޑެމްސްގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވާފައިވާ ދަނޑިވަޅެއްގައެވެ.

ކުރިއަށް އޮތް ތަނުގައި ޙަސަން ވެސް ގުޅިވަޑައިގަންނަވާނީ އެމްޑީޕީއާތޯ ސުވާލުކުރުމުން ސީދާ ވަކި ޖަވާބެއް ނުދެއްވައެވެ.

ނަމަވެސް ވިދާޅުވީ ސިޔާސީ މަަސައްކަތްތައް ހުއްޓަވައިލެއްވީ ނޫން ކަމުގައެވެ.

ޑެމްސްއިން ވަކިވެވަޑައިގެން ރޭގެ ވަގުތެއްގައި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މިދިޔަ ރިޔާަސީ އިންތިޚާބުގައި ޑެމްސްގެ ރަނިންގމޭޓްގެ ގޮތުގައި ހުންނެވި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރާއި، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒާއި، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާޒިމް ހިމެނިވަޑައިގަންނަވައެވެ.

ޑެމްސްއަކީ އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަކާ ގުޅިގެން އެ ޕާޓީ ބައިބައިވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އިސްވެ ތިއްބަވައި ވުޖޫދަށް ގެންނެވި ޕާޓީއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު