Tuesday, November 10
ސީޒަން ނިމުމުގެ ކުރިން 12 ކުރޫޒް ޝިޕް ރާއްޖެ އަންނަން ތާވަލްކޮށްފި

ފަތުރުވެރިކަމުގެ ސީޒަން ނިމުމުގެ ކުރިން އިތުރު 12 ކްރޫޒް ޝިޕް ރާއްޖެ އައުމަށް ތާވަލުކުރެވިފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އޭޖެންޓްސް، މާޔާއިން ހާމަކޮށްފިއެވެ.

މި ހަފްތާ ބަންދުގައި މިއަހަރުގެ ފުރަތަމަ ކުރޫޒް ޝިޕް ވަނީ މާލެއަށް ބަނދަރުކޮށްފައެވެ. އޭގެއިން 216 ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައިވެއެވެ. ބަހާމާސްގެ "ކްރިސްޓަލް ސިމްފޮނީ" ނަމަކަށްކިޔާ ކުރޫޒް ޝިޕެއް ރާއްޖެ އައިސްފައިވަނީ ސީޝެލްސްއިން ނެވެ.މިއީ މިއަހަރު ރާއްޖެއަށް އައި ފުރަތަމަ ކުރޫޒް ލައިނާއެވެ. މި ކްރޫޒް ލައިނާ ދެން ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ ސްރީ ލަންކާއަށެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވަނީ މި ކުރޫޒް ލައިނާގެ 216 ފަސިންޖަރުންނާއި 416 ކޫރޫއިންނަށް ކްލިއަރެންސް ފޯރުކޮށްދީފައެވެ.

މާޔާ އިން ބުނީ، އައު އަހަރާއި ދިމާކޮށް 3000 އަށްވުރެ ގިނަ ފަތުރުވެރިނާއެކު ސީޝެލްސްއިން ދެ ކްރޫޒު ޝިޕް ރާއްޖެ އައިސްފައިވެއެވެ.

ކްރޫޒް ޝިޕްތަކުގެ މެދުގައި ރާއްޖެ މަޤްބޫލުވަމުން އަންނަ އިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ވެސް ބޮޑު ކުރިއެރުމެއް އަންނަ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާއެވެ. މި އަހަރުގެ ފުރަތަމަ 7 ދުވަސްތެރޭ ވަނީ 43،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑް އަދަދަކަށް ޓޫރިސްޓުން އައިސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު