Saturday, October 31
މާފަންނު ސަހަރާގެ ސްޓޯމްވޯޓަރ ޕަމްޕް ސްޓޭޝަން ރޫޅާލުމުގެ ސަބަބުން މުޅި ސަރަހައްދުގައި ފެންބޮޑުވެއްޖެ

މާފަންނު ސަހަރާގެ ސްޓޯމްވޯޓަރ ޕަމްޕް ސްޓޭޝަން ރޫޅާލުމުގެ ސަބަބުން މުޅި ސަރަހައްދުގައި ފެންބޮޑުވެއްޖެއެވެ.

އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވީ، މާފަންނު ސަހަރާގެ ބިން ކޮނުމުގެ މަސައްކަތް ކުރުމުގެ ތެރެއިން މާލޭ ސިޓީ ކައުންސިލާއި އެ ކައުންސިލްގެ ކޮންޓްރެކްޓަރު ޒިންމާދާރުކަން ކުޑަ ގޮތަކަށް ޢަމަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ފަރާތްތަކުން ވަނީ މާލޭގެ ހުޅަނގު އުތުރު ފަރާތަށް ޚިދުމަތްދޭ އެތަނުގައި ހުރި ސްޓޯމްވޯޓަރ ޕަމްޕް ސްޓޭޝަން އެ ވުޒާރާއަށް އެންގުމަކާ ނުލައި ރުޅާލާފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ވަށައިގެންވާ ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށާއި، ޕަމްޕް ސްޓޭޝަން އަލުން އިއާދަކުރެވޭނެ ގޮތްތައް މިހާރު ހޯއްދަވަމުން ގެންދަވާ ކަމަށްވެސް ޑރ. މުއްޠަލިބް ވިދާޅުވިއެވެ.

މާފަންނު ސަހަރާ ކޮނެ، އެތަނުގައި ތިބި ގަބުރުތައް ހުސްކުރަނީ ސަހަރާ ހުރި ބިމުގައި ބޮޑު ޕާކިން ޒޯނެއް ހެދުމަށެވެ. އެ ބިމަކީ މިދިޔަ ސަރުކާރުން ޕާކިންގ ޒޯން ހެދުމަށް ނިންމި ބިމެއް ނަމަވެސް، ސަހަރާ ހުސްނުކުރެވި އޮތީ އެ ބިން ސިޓީ ކައުންސިލާ ހަވާލު ނުކުރާތީއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު