Saturday, October 31
ހުޅުމާލޭގައި ހުރި ދެ ޓްރާންސްފޯމަރަކަށް ގެއްލުންދީފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ހައި-ވޯލްޓޭޖް (އެޗްވީ) ދެ ޓްރާންސްފޯމަރަށް ގެއްލުންދީފިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޓްރާންސްފޯމަރު ބަހައްޓާފައިވާ ތަނުގެ ގޭޓާއި އެތަނުގައި ހުރި ތަޅުގެ އިތުރުގެ އެޗްވީ ސިސްޓަމަށް ބަޔަކު ގެއްލުންދީފައިވާ ކަމަށެވެ.

އެ ތަނަށް ގެއްލުންދީފައިވާ ގޮތުން އެކަން ކުރީ ޓްރާންސްފޯމަރު ސިސްޓަމް މަސައްކަތްކުރާ ގޮތުގެ މައުލޫމާތު އެނގޭ ބަޔަކު ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީގެ ޕޯސްޓުގައި ވަނީ މިފަދަ ކަމެއް ކުރުމަކީ ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާތަކެއް ލިބިދާނެ ނުވަތަ މީހާ މަރުވެދާނެ ކަމެއް ކަމަށް ފާހަގަކުރައްވައިފައެވެ.

އަދި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މިދިޔަ އަހަރު މަރުވެފައިވާކަން ވެސް ފަހުމީގެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވައިފައެވެ.

ރޭގެ ވަގުތެއްގައި ދެ ޓްރާންސްފޯމަރަށް ގެއްލުންދިނުމުގެ ސަބަބުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ވެސް ކެނޑިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު