Saturday, October 31
ލުބްނާނަށް ރައީސަކު އިންތިޚާބުކޮށްފި

ލުބުނާނުގެ ސިފައިންގެ ވެރިޔާ ޖޯސެފް އައުން އެ ޤައުމުގެ ރައީސްކަމަށް އިންތިޚާބުކޮށްފިއެވެ.

އެ ޤައުމަށް ރައީސަކު އިންތިޚާބު ކުރެވިފައި މިވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ.

މިދިޔަ ބުރާސްފަތި މަޖީލީހުން ބޭއްވި ދެވަނަ ބުރުގެ ވޯޓުން 128 ވޯޓްގެ ތެރެއިން 99 ވޯޓް ހޯދައިގެން އައުން ވަނީ ރައީސްކަން ކާމިޔާބު ކުރައްވާފައެވެ.

ލުބްނާނަށް ރައީސަކު ހޮވާފައި މިވަނީ, އިސްރާއީލާއި ލުބްނާންގެ ހަތިޔާރުއެޅި ޖަމާޢަތް ކަމަށްވާ ޙިޒްބުﷲއާ ދެމެދު 14 މަސް ވަންދެން ހިނގި ހަނގުރާމަ ވަގުތީ ގޮތުން ހުއްޓުމަކަށް ގެނައުމަށް އެއްބަސްވިތާ ހަފްތާތަކެއް ވީ ފަހުންނެވެ.

ލުބްނާނުން ދަނީ ޤައުމު އަލުން ބިނާކުރުމަށް އެހީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އައުންގެ ކާމިޔާބީގައި، އޭނާއަށް ބޭނުންވާ 86 ވޯޓު ލިބުނު ހިނދު، ޕާލިމަންޓު މެންބަރުން ވަނީ އުފާ ފާޅުކޮށްފައެވެ. މިއީ ކުރީގެ ރައީސްގެ ދައުރު 2022 ގެ އޮކްޓޯބަރުގައި ނިމުނު ފަހުން، ރައީސަކު އިންތިޚާބްކުރުމަށް ޕާލިމަންޓުން މަސައްކަތް ކުރި 13 ވަނަ ފަހަރެވެ.

އައުން ވިދާޅުވެފައި ވަނީ އެނާ އެންމެ މުހިއްމު ކަމެއް ދޭނީ ޤައުމު އާރާސްތު ކުރުމުގައި ބޭރު ފަރާތްތަކުގެ އެހީ ހޯދުމަށާއި ސިފައިން ބިނާކުރުމަށް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު