އާދިއްތަ, November 1
ސަފާރީއަކުން ކަނޑަށް ވެއްޓިގެން ހޯދި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

އދ. މިރިހި ރިސޯޓް ކައިރީގައި އޮތް ސަފާރީން މޫދަށް ވެއްޓުނު މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

ނިޔާވެފައި އޮތްވާ ފެނުނީ އަލީ އަރުޝަދު، 35، ސީވީޑް، ނ. ހޮޅުދޫ އެވެ.

ނޯތު 7" ސަފާރީއިން ރޭ އަރުޝަދު ކަނޑަށް ވެއްޓި ގެއްލިގެން އެމްއެންޑީއެފް އިން އޭނާ ހޯދުމުގެ މަސައްކަތް އައީ އިއްޔެއިން ފެށިގެން ކުރަމުންނެވެ.

އަރުޝަދު ހޯދުމުގެ މަސައްކަތާ ގުޅޭ ގޮތުން އެމްއެންޑީއެފުން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓުގައި ބުނީ، ނިޔާވެފައި އޮއްވާ ސިފައިންގެ ޑައިވަރުންނަށް އަރުޝަދުގެ ހަށިގަނޑު ފެނުނީ ކަނޑުގެ 69 މީޓަރު އަޑިން ކަމަށެވެ.

އަދި އޭނާގެ ހަށިގަނޑު ވަނީ މިއަދު ހަވީރު 3:35 ހާއިރު ލޯންޗަށް ނަގާފައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު