އާދިއްތަ, November 1
ސައުތު ކޭޓަރިން ކުންފުނިން މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައެއް ބަލަނީ

ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ސައުތު ކޭޓަރިން ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައެއް ފުލުހުން މިއަދު ބަލަން ފަށައިފި އެވެ.

މީޑިއާ ތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ، ސައުތު ކޭޓަރިންގެ މުވައްޒަފުން ތަކަކަށް ގަވައިދުން މުސާރަ ނުދޭ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އަދި މުސާރަ ނުދޭ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންގެ އެންޓި ޓްރެފިކިން ޑިޕާޓްމެންޓުން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލާގައި މުވައްޒަފުންތަކެއް، އަލިކިލެގެފާނު މަގުގައި ހުންނަ ސައުތް އެންޓަޕްރައިޒެސް ދޮށަށް އެއްވެ ކަންބޮޑުވުންވެސް ވަނީ ފާޅު ކޮށްފައެވެ. އެތަނުން ބައެއް މީހުން ބުނީ މުސާރަ ނުލިބޭތާ 5 މަސްވެއްޖެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު