Saturday, October 31
ލޯންޗަކުން ޖެހި ފަތުރުވެރިއަކު ނިޔާވެއްޖެ

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެއްގެ ގައިގައި ލޯންޗަކުން ޖެހި، އޭނާ ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އދ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓު ބޭރު މޫދުގައި އުޅެނިކޮށް "އައިކޮމް ގްރީން" ނަމަކަށް ކިޔާ ލޯންޗަކުން ޖެހި ނިޔާވެފައިވާ މައްސަލައެއް މިއަދު ހެނދުނު 10:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އާޖެންޓީނާގެ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ.

މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް އަދި ނުލިބެއެވެ. ފުލުހުން ދަނީ މިހާރު މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަންއިއްބެ - 2025-01-10T15:07:02

    ޓޫރިސްޓުން ސްނޯކުލިންނަށްގޮސްއުޅޭސަރަހައްދާއި ދަތުރުވެރިން ދަތުރުކުރަންޖެހޭސަރަހައްދު ސަރުކާރުންވަކިކުރާނީ ލޯންޗުންޖެހިކިތައްމީހުންމަރުވީމައިތޯއެވެ މިހާރުކިތައްމީހުންމަރުވެ ކިތައްމީހުންޒަޚަމްވެ ކިތައްމީހުން ފައި އަދިއަތްބުރިވެއްޖެތޯއެވެ މިކަމުގައި ޓޫރިޒަމްމިނިސްޓުރީއާއި ރިސޯޓުތަކާއި ގެސްޓުހައުސްތަކުގެއިހުމާލުއެބައޮތެވެ އަދިސަތޭކަޕަސެންޓަށް ލޯންޗުޑުރައިވަރުންގެއޮހުމާލުއެބައޮތެވެ މިހިތާމަވެރިޙާދިޘާތައްހިގާއިރު ޓޫރިޒަމްމިނިސްޓުރީއާއި ސަރުކާރުތައްއޮތީނިދިކުރައްވާފައެވެ ޝުކުރިއްޔާ!⁴