Thursday, November 19
ސަފާރީއަކުން ކަނޑަށް ވެއްޓުނު ދިވެއްސަކު ހޯދަނީ

ސަފާރީއަކުން ކަނޑަށް ވެއްޓުނު މީހަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް "ނޯތު 07" ސަފާރީއިން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބިފައިވާ ކަމަށެވެ.

އަދި މިކަމާ ގުޅިގެން ޑައިވަރުންގެ ޓީމަކާއެކު ސަފާރީ އޮތް ސަރަހައްދަށް ދިއުމަށް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަތުރުކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް އަދި ލިބިފައި ނުވާއިރު، އިއްޔެވެސް ޑައިވް ސައިޓަކަށް ފީނަން ފޭބި ޗައިނާގެ ހަތް މީހަކު ވަނީ ގެއްލިފައެވެ. ނަމަވެސް އެ މީހުން ވަނީ ހެޔޮ ހާލުގައި ތިއްބައި ފެނިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު