ހުޅުމާލޭގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިގޮތުން އެމްއެންޑީއެފުން ބުނީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށާއި، ހަވާ އަރުވާނީ މިރޭ 21:30 ގައި ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
އެގޮތުން މިރޭގެ ހަވާ އެރުވުމުގެ ކުރިއަށްދާނީ ތިން މިނެޓަށް ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން