Saturday, October 31
މެރިން ރިސާޗުކުރުމާ ގުޅޭގޮތުން އެމްއެންޔޫއިން ޔޫކޭގެ ކާޑިފް ޔުނިވަރސިޓީއާ މަޝްވަރާކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވަރސިޓީގެ ޓީމަކާ ބައްދަލުކޮށްފިއެވެ.

އޮންލައިންކޮށް މިއަދު ކުރިއަށްގެންދިޔަ މި ބައްދަލުވުން ބޭއްވުމުގެ ފުރުޞަތު ފަހިކޮށްދެއްވީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. އިރުތިޝާމް ޢާދަމެވެ. މި ބައްދަލުވުމުގައި އެމްއެންޔޫގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ޑރ. ޝެހެނާޒް އާދަމް ކަމަށްވާއިރު، ކާޑިފް ޔުނިވަރސިޓީގެ ޓީމު ލީޑްކުރެއްވީ ޕްރޮފެސަރ ޖެނިފަރ ޕައިކް އެވެ.

މި ބައްދަލުވުމުގައި މެރިން ރިސާޗާއި، ފެކަލްޓީ އަދި ސްޓޫޑަންޓް އެކްސްޗޭންޖް ޕުރޮގުރާމުތަކާއި ކަރިކިއުލަމް ތަރައްޤީކުރުމުގައި ދެ ޔުނިވަރސިޓީ އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު