Thursday, November 19
ހާލުދެރަވި ފަޅުވެރިއަކަށް ކޯސްޓްގާޑުން އެހީތެރިވެއްޖެ

ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުން ދިޔަ ސުޕަރ ޔޮޓެއްގެ ކްރޫއެއްގެ ޞީއްޙީ ހާލު ދެރަވެ، އެހީތެރިކަމަށް އެދުމުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ މި މަހު 7 ވަނަ ދުވަހު ރ. އަތޮޅާ 300 މޭލު ބޭރުން ދަތުރުކުރަމުންދިޔަ މި ޔޮޓުގައި ހުރި ފަޅުވެރިއަކަށް ހާޓް އެޓޭކެއް ޖެހިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވާ ކަމަށެވެ.

އަދި އެކަމުގެ ރިޕޯޓު ލިބުމާއެކު އިތުރު ފަރުވާ ދިނުމަށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގައި އެ މީހާ ވަނީ މާލެ ގެނެސްދީފައި ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު