Tuesday, November 17
ޝައިން ލާނަރސް ސްކޫލްގެ ދަރިވަރުންނަށް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއާ ބެހޭ މަޢުލޫމާތު ދީފި

ޝައިން ލާނަރސް ސްކޫލުގައި ބޭއްވި އެ ސްކޫލުގެ "ކެރިއަރ ޑޭ" ސެޝަންގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބައިވެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު އެ ސްކޫލުގައި ބޭއްވި ހަރަކާތުގައި އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސެޝަންގައި ބައިވެރިވި ދަރިވަރުންނަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއާ ބެހޭގޮތުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އެގޮތުން އެފްއާރުއެސްގެ ސްޓޯލެއް ތައްޔާރުކޮށް، މުޖުތަމަޢުގައި ފަޔަރ ފައިޓަރުންގެ މުހިންމުކަމާއި، ފަޔަރ ފައިޓަރުން ކުރާ މަސައްކަތްތަކުގެ އިތުރުން އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާ ބެހޭގޮތުން ވަނީ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވާއިރު، އަލިފާނުގެ ޙާދިސާއެއް ދިމާވެއްޖެ ނަމަ ޢަމަލު ކުރަންޖެހޭނެ ގޮތްވެސް އެ ދަރިވަރުންނަށް ކިޔައިދީފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

މި ސެޝަންގައި ޝައިން ލާނަރސް ސްކޫލުގެ 130 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު