އާދިއްތަ, November 1
މާފަންނު ގެއެއްގެ ތެރޭގައި މާރާމާރީ ހިންގައިފި

މާފަންނު ގެއެއްގެ ތެރޭގައި މާރާމާރީއެއް ހިންގައިފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދު މެންދުރު 13:25 ހާއިރު މާފަންނު ގެއެއްގެ ތެރޭގައި ދެ މީހަކު މާރާމާރީ ހިންގި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި މީހަކަށް އަނިޔާވި ކަމެއް އަދި މިއީ ކީއްވެ ހިނގި މާރާމާރީއެއް ކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މި މާރާމާރީ ހިންގި ސަރަހައްދުގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިޔާގައި ދައުރުވަމުން އެބަދެއެވެ. މި ވީޑިއޯގައި މާރާމާރީ ހިންގި ކަމަށް ބެލެވޭ އެކަކު ފެންނަން ހުރެއެވެ. ހުދު ގަމީހެއްގައި އެ މީހާހުރި އިރު ގަމީހުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު