އާދިއްތަ, November 1
ކެނަބިސް ޓްރެފިކްކުރި މައްސަލައެއްގައި މީހަކު ހޯދަނީ

ކެނަބިސް ޓްރެފިކްކުރި މައްސަލައެއްގައި މީހަކު ކޯޓަށް ހާޒިރު ކުރަން ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ މ. ރިހިވިދުވަރުގެ، މާލެ، އަސްޢަދު ޢަލީ، 30، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންން ކަމަށެވެ.

އަަސްއަދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު