Saturday, October 31
ކުނި މެނޭޖްކުރުމުގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އެންވަޔަރމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް މިއަދު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވަނީ ކުނި މެނޭޖްކުރުމުގެ ދާއިރާއާއި ވައިގެ ފެންވަރު ބެލުމުގެ މަސައްކަތްތަކުގައި ދެ ފަރާތުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ.
މި ބައްދަލުވުމަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކުނި މެނޭޖްކުރުމާއި ވައިގެ ފެންވަރު ބެލުމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށްވާތީ، މި ދާއިރާތަކުގައި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓަރ ތޯރިގް ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު