Monday, November 2
ހިޖްރަ އުމްރާ ގްރޫޕު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓައިފި

އަލްހިޖްރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އުމްރާއަށް ދިޔަ މީހުން ރާއްޖެއަށް ނާދެވި މައްކާގައި ހާލުގައިޖެހުނު މައްސަލާގައި، އެ ކުންފުނި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ އަލްހިޖްރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑުގެ ހުއްދަ ހިފެހެއްޓުމަށް ނިންމާ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ އިތުރުން އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށްވެސް އުމުރާއަށް މީހުން ގެންދިއުމުގެ ހުއްދަނުދިނުމަށް ވެސް ވަނީ ނިންމާފައެވެ.

އެ ގުރޫޕުގެ ފަރާތުން ޢުމުރާއަށް ގެންގޮސް ޙާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް އިސްލާމިކް މިނިސްޓްރީން ކުރި ޚަރަދު އެކުންފުނިން ހޯދުމަށްވެސް ވަނީ ނިންމާފައެވެ.

"ޢުމުރާއަށް ގެންދިއުމުގައި ދިވެހިރާއްޖެއިން ޢުމުރާއަށް މީހުން  ގެންދިއުމާއި ބެހޭ އުޞޫލު" އާޢި ޚިލާފުވެފައިވާތީ އެ މައްސަލަ ތަހްޤީޤް ކުރުމަށް ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފައެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ އަލްހިޖްރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑުގެ  ގެ ފަރާތުން އުމުރާއަށް ގޮސް ހާލުގައި ޖެހިފައިވަނީ 23 އުމްރާވެރިންނެވެ. އޭގެ ތެރޭގައި 12 އަހަރުން ދަށުގެ ތިން ކުޑަކުދިން ތިއްބިކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މައްކާއިން ރާއްޖެ އައުމަށް ޓިކެޓު ނަގާފައި ނެތުމުގެ ސަބަބުން ރާއްޖެ ނާދެވިގެން އެ އުމްރާވެރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެހީތެރިކަމަށް އެދިފައިވުމާއެކު، އުމްރާވެރިން ވަނީ މިއަދުގެ ވަގުތެއްގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު