މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަޠީން މުޙައްމަދާއި އެ ކުންފުނީގެ މެނޭޖްމަންޓުން މާލެއަތޮޅު މާފުށީ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ މާފުށީ ކައުންސިލްގެ އިދާރާގައެވެ.
MD @amathyn and management team met with Maafushi Council members. Discussions were focused on enhancing water and sewerage services in Maafushi and the development of water and sewerage infrastructure in the newly reclaimed part of the island #TeamMWSC #EkuveriMWSC pic.twitter.com/AmH9YCUQMC
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) January 8, 2025
މި ބައްދަލުވުމުގައި މާފުށީގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން، މާފުށީގައި އަލަށް ހިއްކާފައިވާ ބިމުގައިވެސް ފެނާއި ނަރުދަމާގެ ބިނާރު ތަރައްޤީކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ.
މި ބައްދަލުވުމަކީ މާފުށީގެ ޔުޓިލީ ޚިދުމަތްތައް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް އެމްޑީ މަޠީން އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓުން މިއަދު ކ. މާފުއްޓަށް ކުރެއްވި ދަތުރުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
މި ލިޔުން ކިޔާލުމުން