Saturday, November 21
އިންޑިއާއިން ޝެއިޚް ހަސީނާގެ ވިސާ އިތުރުކޮށްދީފި

އިންޑިއާއިން ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވިސާގެ މުއްދަތު އިތުރުކޮށްދީފިއެވެ.

އިންޑިއާއިން މިގޮތަށް ނިންމާފައިވާއިރު ބަންގްލަދޭޝްއިން ވަނީ ހަސީނާގެ ޕާސްޕޯޓް ބާޠިލްކޮށްފައެވެ.

ބަންގްލަދޭޝްގެ ދަރިވަރުންތަކެއް އިހުތިޖާޖްކޮށް, ހަސީނާގެ 16 އަހަރުވީ ވެރިކަން ވަނީ ވައްޓާލައިފައެވެ. އެއާއެކު ހަސީނާ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ފިލައިގެން އިންޑިއާއަށް ގޮސްފައެވެ.

އަދި މިހާރު އޭނާއާ ދެކޮޅަށް ވަނީ ގިނަ ދަޢުވާތަކެއް އުފުލައިފައެވެ. މީގެ ތެރޭގައި އިންސާނިއްޔަތާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކާއި، އިހުތިޖާޖްކުރުމުގައި މަރުވެފައިވާ މީހުންނާ ގުޅޭ ގިނަ މައްސަލަތައް ހިމެނެއެވެ.

މި ދަޢުވާތަކާ ބެހޭ ޝަރީޢަތް ހިންގުމަށްޓަކައި ހަސީނާ އަނބުރާ ޤައުމަށް ގެނައުމަށް ބަންގްލަދޭޝްއިން ވަނީ ދެ ފަހަރެއްގެ މަތިން އިންޑިއާގައި ރަސްމީކޮށް އެދިފައެވެ. މި މައްސަލައާމެދު އިންޑިއާއިން ގޮތެއް ނިންމާނީ ޤާނޫނީ ޒިންމާތަކާއި، ޑިޕްލޮމެޓިކް ގުޅުންތަކާއި، އިންސާނިއްޔަތުކަމުގެ މައްޗައް ރިޢާޔަތްކޮށްގެން ކަމުގައި މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު