Saturday, October 31
މިއީ މަސްވެރި ސިނާއަތުގެ ތަރައްގީގެ އެންމެ މުހިއްމު ވައުދުފުޅުތަކުގައި ކުލަޖެހިގެންދާނެ އަހަރު: ޝިޔާމް

މިއީ މަސްވެރި ސިނާއަތުގެ ތަރައްގީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިއްމު ވައުދުފުޅުތަކުގައި ކުލަޖެހިގެންދާނެ އަހަރު ކަމުގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ އެންމެ މަސްވެެރިން ގިނަ ހުވަދުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ގިނަ ރަށްތަކަކަށް ދަތުރުކުރެއްވިއިރު ފާހަގަކުރެވުނު އެއްކަމަކީ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަންކަމާ އަދި ކުރައްވަން ރާއްވަވާފައިވާ ކަންކަން މަސްވެެރި ކޮމިއުނިޓީތަކުން ވަރަށް ބޮޑަށް ބަލައިގަންނަކަން ކަމުގައެވެ.

މީގެއިތުރުން ރައްޔިތުން ރައީސަށް އަރުވާ ޚިޔާލުފުޅުތައް ރައީސް ވެސް ވަރަށް ބޮޑަށް ގަބޫލުފުޅު ކުރައްވާކަން މިނިސްޓަރު ފާހަގަކުރައްވައިފައިވެއެވެ.

2025 ވަނަ އަހަރަކީ މަސްވެރި ސިނާއަތުގެ ތަރައްގީގެ ރައީސްގެ އެންމެ މުހިއްމު ވައުދުފުޅުތަކުގައި ކުލަޖެހިގެންދާނެ އަހަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސްގެ ދަތުރުފުޅުގައި ހުވަދު އަތޮޅު ދެކުނުބުރީގެ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދޫގެ ރައްޔިތުން ރައީސަށް ވިދާޅުވި ހޫނު މަރުހަބާއާއި ދެއްވި ފުރިހަމަ މެހުމާންދާރީއާއި، ބެހެއްޓެވި ގާތްކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު