Saturday, October 31
މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ރަޖިސްޓްރީ ކުރަން އަންގައިފި

ރާއްޖޭގައި އުފައްދާ މަހާއި މަހުގެ ބާވަތްތައް ރާއްޖެއިން ޗައިނާ އަށް އެކްސްޕޯޓް ކުރުމާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ވެނުނު އެއްބަސްވުމުގެ ދަށުން ޗައިނާ އަށް އެކްސްޕޯޓް ކުރުމަށް "އިންޓަނޭޝަނަލް ޓްރޭޑް ވިންޑޯ" ގައި ރަޖިސްޓްރީ ވުމުގެ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ( އެމް.އެފް.ޑީ.އޭ ) އިން ފުރުޞަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު ވަނީ ސިންގަލް ވިންޑޯ މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ހުޅުވާލާފައެވެ.

ޗައިނާއަށް އެކްސްޕޯޓްކުރާ މޯލްޑިވިއަން ވައިލްޑް އެކްވަޓިކް ޕްރޮޑަކްޓްސް އިންސްޕެކްޝަން އަދި ކަރަންޓީން ކުރުމުގެ ޝަރުތުތައް ކަނޑައެޅުމަށް ޗައިނާގެ ޖީއޭސީސީއާ އެކު އެމްއެފްޑީއޭ އިން ޕްރޮޓޮކޯލް އެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ.

މި ޕްރޮޓޮކޯލްގެ ސަބަބުން ދެގައުމުގެ ދެމެދުގައި ވިޔަފާރި ކުރުމަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން ދިވެހި ވިޔަފާރިވެރިންނަށް މިހާރު އެކްސްޕޯޓް ނުކުރެވޭ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމް.އެފް.ޑީ.އޭ އިން މައުލޫމާތުދެއެވެ. އޭގެ ތެރެގައި ފަރުމަހާއި، ހުއިފިލަނޑާގެ ބާވަތްތައް ހިމެނެއެވެ.

ޗައިނާއަށް ކަނޑުމަހުގެ ބާވަތްތަކާއި ސީފުޑްގެ ބާވަތްތައް އެކްސްޕޯޓުކުރެވެނީ ވަކި ޚާއްސަ މިންގަނޑުތަކެއް ފުރިހަމަކުރުމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު