Saturday, October 31
ބިންހިއްކުމާއި ބަނދަރު ހެދުމަށް ބޭނުންވާ ބޮޑުހިލަ ބަލްކްކޮށް ގެންނަން ނިންމައިފި

ބިންހިއްކުމާއި ބަނދަރު ހެދުމުގެ ގިނަ މަޝްރޫޢުތައް ހުއްޓިފައިވަނީ އެ މަސައްކަތަށް ބޭނުންވާ ތަކެތި ލިބުން ދަތިވެފައި ކަމަށްވާތީ، ތަރައްޤީގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލަ ބަލްކް ކޮށް ގެންނަން ނިންމާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ގދ. ރަތަފަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާފަހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ އެންމެ ގިނަ ރަށްތަކުގައި މަސައްކަތް ހުއްޓިފައިވަނީ ބޮޑުހިލަ ނުލިބިގެންކަމަށެވެ.

"މިދިޔަ ހަފްތާތެރޭގައި އަޅުގަނޑު މިކަމާއި ގުޅޭ ހުރިހާ ކުންފުނިތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓަރ އަދި ކޮންސްޓްރަކްޝަން މިނިސްޓަރާއި އެކު ބައްދަލުކުރެއްވުމެއް ބާއްވާ ގޮތްތަކެއް ރާވައިފިން، ހުރިހާ ރަށަކަށް ބޭނުންވާ ބޮޑުހިލަ ބަލްކްކޮށް ރާއްޖެ ގެންނަން" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ބޮޑު ހިލަ ނެތިގެން އެކި ރަށްރަށުގެ މަސައްކަތް ހުއްޓިފައިވާ ކަން ފާހަކަކުރައްވާ ރައީސް ވިދާޅުވީ ، ބައެއް ރަށްރަށުގެ ބިންހިއްކުން، ތޮށިގަނޑު ހިމާޔަތްކުރުން، ބޮޑުހިލަޖެހުން ފަދަ މަސައްކަތަށް ބޭނުންވާ ފައިސާ މިދިޔަ ހަފްތާގައި ހަޖައްސައިދީފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިހުރި ބިނާރުގެ މަސައްކަތްތައް އަލުން ފެށުމަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެންނަން ނިންމަވާފައިވާކަމަށް ވިދާޅުވެ ރައީސް ވަނީ ކުޑަރަށެއް ބޮޑުތަށެއް ބެލުމެއް ނެތި ތަރައްޤީގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު