އާދިއްތަ, November 29
ޞިއްޙީ ދާއިރާގެ ކުރިއެރުމަށް މެޑަމް ސާޖިދާ ކުރައްވާ މަސައްކަތަށް ވެސްޓަރން އޮސްޓްރޭލިއާގެ ގަވަރުނަރުގެ އަނބިކަނބަލުންގެ ތަޢުރީފު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ހައިސިއްޔަތުން މެޑަމް ސާޖިދާ މުޙައްމަދު އަދާކުރައްވާ ދައުރު ފާހަގަކުރައްވައި، ޞިއްޙީ ދާއިރާގެ ކުރިއެރުމަށް އެ ކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް، ވެސްޓަރން އޮސްޓްރޭލިއާގެ ގަވަރުނަރ ހިޒް އެކްސެލެންސީ ކްރިސް ޑޯސަން އޭ.ސީ، އޭ.ޕީ.އެމް.ގެ އަނބިކަނބަލުން ޑެރިލީން ޖޫލީ ޑޯސަން ތަޢުރީފުކުރައްވައިފިއެވެ.

ޑެރިލީން ޖޫލީ ޑޯސަން މިގޮތަށް ތަޢުރީފުކުރައްވާފައިވަނީ މިއަދު މެޑަމް ސާޖިދާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވެސްޓަރން އޮސްޓްރޭލިއާގެ ގަވަރުނަރގެ އަނބިކަނބަލުންނަށް މަރުޙަބާ ވިދާޅުވެ ގަވަރުނަރު ޑޯސަންއާއި އެ ކަމަނާ ދިވެހިރާއްޖޭގައި ހޭދަކުރައްވާ ވަގުތަކީ އުފާވެރި ވަގުތަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެދިވަޑައިގެންނެވިއެވެ. އެ ކަމަނާ ވަނީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ އާއި ދެމެދު އޮތް ގާތް ގުޅުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ގަވަރުނަރުގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއިން ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ޒަމާނުއްސުރެ ކުރައްވަމުން ގެންދަވާ މަސައްކަތާއި، ޚާއްޞަގޮތެއްގައި ކުޑަކުދިންނާއި އަންހެން ކުދިންނަށް އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، ވަށާޖެހޭ ތަޢުލީމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެއިން އޮސްޓްރޭލިއާއަށް މަތީ ތަޢުލީމު ހާސިލްކުރަން ދާ ކުދިންގެ ނިސްބަތް އިތުރުވަމުން ދިއުމާއި އޮސްޓްރޭލިއާ އެވޯރޑްސް ސްކޮލަރޝިޕާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު