އާދިއްތަ, November 1
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭ ނިރޮޅުމަގުން ޒިބްރާ ކްރޮސް މަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހުޅުމާލެ ނިރޮޅުމަގުން ދެކުނު އުތުރަށް އައި ކާރެއް، އެ މަގުން ޒިބްރާ ކްރޮސް ހުރަސް ކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓްވި މައްސަލަ މިއަދު 17:05ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި ޒިބްރާ ކްރޮސް މަތިން އެކްސިޑެންޓްވި މީހާ ޑޮކްޓަރަށް ދެއްކުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު