އާދިއްތަ, November 1
މަނީ ލޯންޑަރިންގ ކުރިކަމުގެ ތުހުމަތު ކުރެވޭ އެއްވެސް މުވައްޒަފެއް ރިޓަޔަރކޮށްފައި ނުވޭ: ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކަކަށް މަނީ ލޯންޑަރިންގ، ހިޔާނާތް އަދި ރިޝްވަތުގެ ތުހުމަތުތަކެއް ކުރެވިގެން ބަލަމުންދާ މައްސަލައިގައި ހިމެނޭ އެއްވެސް އޮފިސަރެއް ރިޓަޔާ ކޮށްފައި ނުވާކަން އެ އިދާރާއިން ކަށަވަރުކޮށްދީފިއެވެ.

ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގަި ބުނީ، ކަސްޓަމްސްގެ ބައެއް އޮފިސަރުންނަށް ތުހުމަތު ކުރެވިގެން، މަނީ ލޯންޑްރިންގ، ޚިޔާނާތް އަދި ރިޝްވަތާގުޅޭގޮތުން ފުލުހުން ތަހްގީގެއް ކުރަމަމުން ގެންދާކަން އަންގާފައިވާ ކަމަށެވެ.

އަދި މިގޮތުން ތަހްގީގުގައި ހިމެނޭ އޮފިސަރުންކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދީފައިވާ އެއްވެސް އޮފިސަރެއް މި ސަރވިސްއިން ރިޓަޔަރކޮށްފައި ނުވާނެ ވާހަކަ ދެންނެވީމެވެ. ކަސްޓަމްސް އިން ބުނެފައި ވެއެވެ.

ކަސްޓަމްސްގެ ތިން މުވައްޒަފެއްގެ އެކައުންޓުތަކުން 400 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށް ފާހަގަކުރެވިފައިވެއެވެ. މި މައްސަލަ ފެންމަތިވެގެން އައުމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ ތަހުގިގު ކުރަމުން އަންނަ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު