Saturday, November 14
އެމްއެންޔޫ ކާބޯތަކެތީގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

"ފަހި ސުފުރާ" ނަމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަރާތުން ކުރިއަށްގެންދާ ކާބޯތަކެތީގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މަޢުރަޒަކީ ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ހުނަރުތައް އާންމުންނަށް ދައްކައިލުމަށް އަމާޒުކޮށް އެމްއެންޔޫ އިން އިންތިޒާމްކޮއްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މަޢުރަޒެކެވެ. ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކުރާ އެކި ފަރާތްތަކަށް މި މަޢުރަޒުގައި އެއްވެސް އަގަކާއި ނުލައި މުޅިން ހިލޭ ބައިވެރިވުމަށް ވަނީ ހުޅުވާލެވިފައެވެ.

އެމްއެންޔޫގެ އިދާރީ މަރުކަޒުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މަޢުރަޒު ކުރިއަށްދާނީ އަންނަ ފެބުރުއަރީ މަހުގެ 13 އަދި 14 ފެބްރުއަރީ ވަނަ ދުވަހުއެވެ.

"ފަހި ސުފުރާ" މަޢުރަޒުގައި ބައިވެވުމުގެ ފުރުޞަތު މިމަހުގެ 30 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު