އާދިއްތަ, November 1
ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި ފެން ހަރުލާފައި ހުރުމުގެ ސަބަބުން މި ވަގުތަށް ސަހަރާގައި މީހުން ވަޅުލެވެން ނެތް

ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި ފެން ހަރުލާފައި ހުރުމުގެ ސަބަބުން މި ވަގުތަށް ސަހަރާގައި މީހުން ވަޅުލެވެން ނެތް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ މިވަގުތު މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން، ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި، 8 އިންޗި އާއި 9 އިންޗިއާއި ދެމެދު މިންވަރަކަށް، ފެން ހަރުލާފައި ހުރުމުގެ ސަބަބުން، ކަށްވަޅު ކޮނެ ސަންދޯއް ބެހެއްޓުމަށް ވަނީ ދަތިވެފައި ކަމަށެވެ.

އަދި މިކަމުގެ ސަބަބުން މި ވަގުތަށް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލެވެން ނެތްކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އަދި މި ގޮތަށް ދިމާވުމުން، މިއަދު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މީހުންގެ ޖަނާޒާގެ އިންތިޒާމް ހަމަޖެހިފައިވަނީ، މާލޭ އާސަހަރާ މިސްކިތުގައި ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު