Saturday, October 31
ޙަޤީޤީ މާނައިގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުތަކުން މުހިންމު ކަންކަމަށް ހޭދަކުރާތަން ފެނިފައިނުވޭ: ޝިޔާމް
ދިވެހި ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމެއް ކަމަށް ސަރުކާރުތަކުން އެއްބަސްވެ އެވާހަކަ ސަރުކާރުތަކުން ތަކުރާރު ކުރިނަމަވެސް ހަޤީގީ މާނާގައި ފަތުރިވެރިކަން ތަރައްޤީކުރުމަށް ސަރުކާރަކުން ހޭދަކުރަންޖެހޭ މުހިއްމު ކަންކަމަށް ހޭދަކުރެވޭ ތަނެއް ނުފެނޭ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައެވެ. "އެކަން އެހެން އެވަނީ ތަރައްޤީގެ ވާހަކަ ދައްކަން އެނގުނަސް އެ ވިސްނުމާ އެ ޑްރައިވް އަދި އެ ނިޔަތް ނެތުނީމައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގެ ފުރަތަމަ އަހަރު ތެރޭގައި އެއަރ ބަސް އޭ 330 މަރުކާގެ ވައިޑްބޮޑީ މަތިންދާބޯޓު ގެނައުމުގެ މަސައްކަތްޕުޅު ފައްޓަވާ 2 ވަނައަހަރުގެ 2 ވަނަ މަސްތެރޭ އެ މަތިންދާބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ އަށް ދިވެހި ޤައުމީ އެއަރލައިންގެ އަމިއްލަ ބޯޓެއްގެ ގޮތުގައި ޖެއްސި ވަގުތުކޮޅަކީ ފަޚުރުވެރި ވަގުތުކޮޅެކެވެ."، ވަޒީރު ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ޝިޔާމް ވިދާޅުވީ އޭގެއިން ދޭހަކޮށްދެނީ ތަރައްޤީގެ ޚިޔާލާ ފިކުރު ހުރި ވިޝަނަރީ ލީޑަރެއް އަތްލެވޭ ތަރައްޤީގެ ތެދުވެރި ނިޔަތާއެކު ހަޤީގީ މަސައްކަތްޕުޅު ފެއްޓެވިކަން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ކުރީ ސަރުކާރު - 2025-01-07T16:45:29

    މި ބޯޓު ގަނެ ހުރިހާ ކަމެއް ކުރީ ކޮން ބައެއްތޯއެވެ. މި ސަރުކާރުން ތޯތޯ!!!