Monday, November 16
އަމީނީ މަގުގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

މާލޭ އަމީނީ މަގުގައި މިއަދު ހެނދުނު ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މާލޭގެ އަމީނީ މަގުގެ ރެހެންދި ފުލެޓު ކައިރިން ކާރެއް ޔޫ ޓާން ނަގަން އުޅުމުގެ ތެރޭގައި ޕިކަޕަކާ ޖެހި އެކްސިޑެންޓެއް ހިނގިކަމުގެ ރިޕޯޓު މިއަދު 09:40 ހާއިރު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި، އެކްސިޑެންޓުވި ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މިހާރު މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު