Saturday, November 14
ޓޫރިޒަމް މިނިސްޓްރީގެ ޕާރމަނަންޓް ސެކެޓްރީ އަށް ޝައުފާ
މިނިސްރީ އޮފް ޓޫރިޒަމްގެ ޕާރމަނަންޓް ސެކްޓްރީގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ އެމަޤާމަށް ހަމަޖައްސާފައިވަނީ ފާތިމަތު ޝައުފާ އެވެ. އެކޮމިޝަނުގައި އިއްޔެ ބެއްވި ރަސްމިއްޔާތެއްގައި ޝައުފާ އަށް ވަނީ ލިޔުން ޙަވާލުކުރައްވާފައެވެ. ޓޫރިޒަމް މިނިސްޓްރީއަށް ބޭފުޅަކު އައްޔަންކުރައްވާފައި މިވަނީ އެ މަޤާމަށް ބޭފުޅަކު އައްޔަން ނުކުރެވި 10 ވަރަކަށް މަސްދުވަސްވެފައި ވަނިކޮށެވެ. ޓޫރިޒަމް މިނިސްްޓްރީއަށް ބޭފުޅަކު ހަމަަޖައްސަވާފައި މިވަނީ،  ކުރިން އެ މަޤާމުގައި ހުންނެވި،  ފާތިމަތު ނިލްފާ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގައެވެ. ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއަށް ޕާރަމަންޓް ސެކެޓްރީއަށް އެއް އައްޔަން ކުރުމާއި އެކު މިހާރު ހުރިހާ މިނިސްޓްރީއަކަށް ޕާރމަނަންޓް ސެކްޓްރީން އައްޔަންކޮށް ނިމިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު