ވެލާމާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ވީއައިއޭ އިން ބުނީ މިއަދު ހެނދުނު 10 ޖަހާކަންހާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޓެކްސީއެއް ކޮންޓުރޯލް ނުކުރެވި ގޮސްވަނީ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މީގެ އިތުރުން، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުއްވަމުން ދިޔަ ޑްރައިވަރަށް ދިމާވި ސިއްޙީ ކުއްލި ހާލަތެއްގެ ސަބަބުން ކަމަށް ޕްރެލިމިނަރީ އެސެސްމެންޓްތަކުން ލަފާ ކުރެވޭ ކަމަށްވެސް ވީއައިއޭ އިން ބުނެފައިވެއެވެ.
ވީއައިއޭ އިން ބުނީ މި ޙާދިސާ ހިނގިގޮތް އިތުރަށް ބަލަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން