Thursday, November 19
މާލޭގެ އެޕާޓްމަންޓެއްގައި ރޯވެ، ކޮޓަރިއެއް ބޭނުންނުކުރެވޭ ވަރަށް އަނދައިފި

ގ. އުފުރިޔާގޭގެ ހަވަނަ ފަންގިފިލާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު ރޭ 23:23 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 00:10 ހާއިރުއެވެ.

މީގެ އިތުރުން، މި ހާދިސާގައި އަލިފާން ރޯވި އެޕާޓްމެންޓްގެ އެއް ކޮޓަރި ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައިވާ ކަމަށާއި، އިމާރާތުގެ ހުރިހާ ފުލޯއަކުން މީހުން ހުސްކޮށް އިވެކުއޭޓް ކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާން ރޯވެފައި ވަނީ ހަވަނަ ފަންގިފިލާގެ އެޕާޓްމެންޓް ބީގައި ނަމަވެސް އަލިފާން އިތުރު އެހެން ދިމާލަކަށް ފެތުރިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، ނަމަވެސް ދުމުގެ އަސަރުކޮށްގެން އުމުރުން ދުވަސްވީ މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު