Saturday, October 31
ކަސްޓަމްސް އޮފިސަރުންތަކެއްގެ 400 މިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައެއް ބަލަނީ

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކެއްގެ ޚިޔާނާތުގެ މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ކަސްޓަމްސްގެ މުވައްޒަފުންތަކަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގ އާއި ޚިޔާނާތާއި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައުމާ ގުޅިގެން، 19 އޮގަސްޓު 2024 އިން ފެށިގެން އެ މައްސަލައިގެ ތަޙުޤީޤު ފަށާފައިވާ ކަމަށެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅޭ ބައެއް ކަންތައްތައް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށްވެސް ހުށަހަޅާފައިވާއިރު، ކޮމިޓީގެ ބައްދަލުވުންތައް ސިއްރުކޮށްގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ބައެއް އިސްވެރިންނާ ކޮމިޓީން ސުވާލުކޮށްފައިވާ ކަމަށްވެސް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު