Saturday, November 14
ރާއްޖޭގައި ޒަކާތު ޢިލްމުގެ ފުރަތަމަ ކޯސް ފަށަން ތައްޔާރުވެއްޖެ

ރާއްޖޭގައި ޒަކާތު ޢިލްމުގެ ދާއިރާއިން ކިޔަވާ ފުރަތަމަ ކޯސް ފަށަން ތައްޔާރުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މި ޕްރޮގްރާމް މިހާރު މޯލްޑިވްސް ކޮމިފިކޭޝަން އޮތޯރިޓީގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ.

އެމްކިއުއޭ ލެވެލް 5 ނުވަތަ ޑިޕްލޮމާ ފެންވަރަށް ކިޔަވާ މި ކޯހުގައި އިސްލާމީ އިޤްތިޞޯދު ގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް މުހިންމު ކޯހެއް ކަމަށް އިލްމް އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް އިން މައުލޫމާތުދެއެވެ.

އިލްމް އިންސްޓިޓިއުޓް އިން ބުނީ މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި، ކޯހުގައި ކިޔަވައިދެއްވާނީ ރާއްޖޭގެ އިލްމީ ބޭފުޅުން ކަމަށެވެ.

މި ކޯހުގައި 10 މޮޑިއުލް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.  އޭގެތެރޭގައި އިސްލާމިކް އެތިކްސްއާއި  ޒަކާތު ސައިންސްގެ ޢާންމު އުޞޫލުތަކާއި މުދަލު ޒަކާތް ބެހުމުގައި ޝަރުޢީ ޙުކުމްތަކާއި އެއާ ބެހޭ ދިރާސާތަކާއި ދިވެހި ޒަކާތު ނިޒާމާއި  ޒަމާނީ ޒަކާތު މުއައްސަސާތަކުގެ ހިންގުމާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ޒަކާތުގެ ދައުރު ހިމެނެއެވެ. އަދި މުދަލު ޒަކާތް ގުނުމުގެ މައިގަނޑު ކަންތައްތަކާއި އިސްލާމިކް ފައިނޭންސާއި މުދަލު ޒަކާތުގައި ޒަމާނީ ޝަރީޢަތުގެ މައްސަލަތައް ވެސް ހިމެނެއެވެ.

އިލްމް އިންސްޓިޓިއުޓުން  ޤުރުއާނާއި އިމާމުންނާއި މިސްކިތް ބެލެހެއްޓުމާ ގުޅޭ ގިނަ ކޯސްތަކެއް މިހާރުވެސް އަންނަނީ ހިންގަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު