Friday, November 20
ޓޫރިސްޓް ވިސާއާ ޚިލާފުވި ދެ ބިދޭސީއަކު ޑީޕޯޓުކުރަނީ

ޓޫރިސްޓް ވިސާއާ ޚިލާފުވި ދެ ބިދޭސީއަކު ޑީޕޯޓުކުރަމަށް އިމިގްރޭޝަނުން ނިންމައިފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އާންމުންގެ ފަރާތުން ލިބިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، ޓޫރިސްޓް ވިސާގެ ގަވާއިދުތަކާ ޚިލާފަށް އުޅެމުން އައި ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިގޮތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޖޯޑަންގެ ފިރިހެނެއް ކަމަށްވާ ރަބީ ހައިތަމް އަޙްމަދު ޖުމާހް (24އ.) އާއި ސީރިއާގެ އަންހެނެއް ކަމަށްވާ އީމާން ކަރަމަން (19 އ.) އެވެ.

އަދި މި ދެ ފަރާތަކީ ޓޫރިސްޓް ވިސާގައި ތިބެގެން ހުއްދަ ނެތި ވިޔަފާރީގެ މުޢާމަލާތްތައް ކުރުމުގެ އިތުރުން އާންމު ތަންތަނުގައި ދިރިއުޅެމުން އައި ބައެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އަދި މި ދެ މީހުންވެސް ރާއްޖެއިން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، މިފަދަ ގަވާއިދާ ޚިލާފު ޢަމަލުތައް އިމިގްރޭޝަން ވޮޗު މެދުވެރިކޮށް އާންމުން ހުށަހަޅަމުން ގެންދިއުމަށް ބާރުއަޅާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު