Tuesday, November 17
ޑްރަގް ޓްރެފިކްކުރި މީހަކު 100،000ރ. އިން ޖޫރިމަނާކޮށް އުމުރު ދުވަހަށް ޖަލަށް

ޑްރަގް ޓްރެފިކްކުރި މީހަކު 100،000ރ. އިން ޖޫރިމަނާކޮށް އުމުރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވަނީ ސ. ހިތަދޫ، ޖިބްރޯލްޓަރ، ޝަރުވާން ސަލީމްގެ މައްޗަށެވެ. މި މައްސަލައިގައި ޝަރީޢަތުގެ މަރުހަލާގައި ޝަރުވާން ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާއަށް އިންކާރުކޮށްފައެވެ.

އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ، 2 މާރިޗު 2022 ގައި ފެޑެކްސް މެދުވެރިކޮށް ގެނެސްފައިވާ ފޮށިގަނޑެއްގައި ރައްކާކޮށްފައިވާ އެއްޗަކާމެދު ޝައްކުކުރެވިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި ޝަރުވާން އެ ފޮށިގަނޑާ ހަވާލުވެފައިވާއިރު، އެ ފޮށިގަނޑުން 989.1 ގްރާމުގެ މެފެޑްރޯން ފެނިފައިވާތީ އެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްވި ޙުކުމްގައި ވަނީ ޝަރުވާން 100،000ރ. އިން ޖޫރިމަނާކޮށް، އިއްޔެއިން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށާއި، މި މައްސަލައިގައި ޙުކުމް ކުރުމުގެ ކުރީގައި ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު ކެނޑުމުން ޝަރުވާން ތަންފީޒުކުރަންޖެހޭ އަދަބަކީ، ޖޫރިމަނާގެ އިތުރުން 22 އަހަރާއި 2 މަހާއި 3 ދުވަހުގެ މުއްދަތުގެ ޖަލު އަދަބެއް ކަމުގައި ކަނޑައަޅައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަންބަޗީ - 2025-01-06T15:35:50

    ޢުމުރު ދުވަހުގެ ޖަލު ޙުކުމް 25 އަހަރަށް ހެދުމުގެ ބަދަލުގައި 125 އަހަރަށް ނުވަތަ އޭނާ މަރުވަންދެން އެއްވެސް އަފޫޢާއްމެއްގައި ދޫނުކުރެވޭ ގޮތަށް ހަދަންވީނު؟