Saturday, October 31
ގުޅިފަޅު މަގު ހެދުމާއި އަސާސީ ޚިދުމަތް ޤާއިމްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ގުޅީފަޅުގެ މަގު ހެދުމާއި މުނިސިޕަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ އެއްބަސްވުމުގައި ޗައިނާގެ ކުންފުންޏަކާއި އެކު ސޮއިކޮށްފިއެވެ. ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ. އަބުދުﷲ މުއްތޮލިބު އަދި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ ރީޖަނަލް ޖެނެރަލް މެނޭޖަރ މރ. ކިއާން ހައޯޖޫން އެވެ. ކ. ގުޅިފަޅުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، މުނިސިޕަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތުގައި ސޮއިކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި މިިނިސްޓަރ ޑޮކްޓަރ އަބުދުﷲ މުއްތޮލިބް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ފެނާއި ނަރުދަމާގެ ޑިސްޓްރިބިއުޝަން ޤާއިމްކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމް މުޅި ގުޅިފަޅުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން ޑީވޯޓަރިން ސިސްޓަމް ޤާއިމްކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ އިތުރުން ގޭސް ސްޓްރޯރޭޖް ހެދި ޑިސްޓްރިބިއުޝަން ސިސްޓަމް ޤާއިމްކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. "300 ވަރަކަށް ހެކްޓަރުގެ ބިމުގައި މި ހުރިހާ މަސައްކަތެއް ކުރުމުގެ ބޮޑު މަޝްރޫއެއްގައި ސޮއިކުރެވިގެން މިދިޔައީ" ޑޮކްޓަރ މުއްތޮލިބް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުމާއި އެކު ސަރވޭ އަދި ޑީޓެއިލް ޑިޒައިން ގެ މަސައްކަތް ކޮންްޓްރެކްޓަރ ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިވަގުތު ބްރިޖްގެ މަސައްކަތް ކުރިއަށް ދާތީ ވަރަށް ބޮޑު ބިމުގެ ސަރަހައްދެއް ބޭނުން ކުރި ނަމަވެސް ދެފަރާތުން ބަލާ އެއްބަސްވާގޮތަކަށް ސައިޓްހެދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެކަމަށް މިނިސްޓަރ މިއަދު ވިދާޅުވިއެވެ. މިއީ މާލެ ސަރަހައްދަށް ދިމާވެފައިވާ ތޮއްޖެހުމުގެ ކަންކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތުގެ ތެރެއިން ކުރިއަށް ގެންދެވޭ މުހިންމު މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދިވެހި ރާއްޖެއާ ޗައިނާއާދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރެއްވި ގިނަ މަސައްކަތްތަކެއްގެ ނަތީޖާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު