Saturday, October 31
އެޗްއެމްޕީވީ ވައިރަހުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

ހިއުމަން މެޓަޕްނިއުމޯ ވައިރަސް (އެޗްއެމްޕީވީ) އަދި އެހެނިހެން ނޭވާލުމުގެ ނިޒާމާ ގުޅުންހުރި ވައިރަސްތަކުގެ ސަބަބުން ކުރިމަތިވެދާނެ ޞިއްޙީ ގޮންޖެހުންތަކަށް ތައްޔާރުވެ ތިބުމަށް އެދި ދިއްލީގެ ޞިއްޙީ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.

މި ގޮތަށް ރައްކާތެރިވުމަށް އެދި އިރުޝާދުތައް ނެރެފައިވަނީ، ޗައިނާގައި ނޭވާލުމުގެ ނިޒާމާ ގުޅުންހުރި ބަލިތައް އިތުރުވަމުންދާކަމުގެ ރިޕޯޓުތައް ލިބެންމުން ދިއުމާ ގުޅިގެންނެވެ.

ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑރ. ވަންދަނާ ބަގާ ވަނީ ޞިއްޙީ ދައިރާގެ ގިނަ ފަރާތްތަކާއެކު ބައްދަލުކޮށް، ނޭވާލުމުގެ ނިޒާމާ ގުޅުންހުރި ބަލިތަކަށް ތައްޔާރުވުމާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

މި މަޝްވަރާއަށް ފަހު، ހޮސްޕިޓަލްތަކުން އިންފްލުއެންޒާ ފަދަ ބަލި، އަދި ނޭވާލުމުގެ ނިޒާމުގެ އިންފެކްޝަން ގެ ކޭސްތައް އައިއެޗްއައިޕީ ޕޯޓަލް މެދުވެރިކޮށް ވަގުތުން ރިޕޯޓުކުރުމަށް އަންގާފައިވެއެވެ.

ޝައްކުކުރެވޭ ކޭސްތަކުގައި ގައި ދުރުކުރުމުގެ ހަރުކަށި އުސޫލުތަކާއި އާންމު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ މަޖުބޫރު ކުރުމަށްވެސް އަންގާފައެވެ.

އަދި ބަލި މަޑުކޮށް ފެތުރޭ ހާލަތްތަކުގައި ޕެރަސެޓަމޯލް ބޭނުންކުރުމަށާއި، އެންޓިހިސްޓަމީން، ބްރޮންކޯޑައިލޭޓަރ އަދި ކެއްސާ ސިރަޕް އާއި އެކު އޮކްސިޖަން ހުރިކަން ކަށަވަރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

2 ޖަނަވަރީ 2025 ގެ ނިޔަލަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، އިންޓެގްރޭޓެޑް ޑިޒީޒް ސަރވެއިލަންސް ޕްރޮގްރާމް (އައިޑީއެސްޕީ)، ނޭޝަނަލް ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް (އެންސީޑީސީ) އަދި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ލިބޭ އަދާހަމަތަކުން ދައްކާގޮތުގައި ނޭވާލުމުގެ ނިޒާމާ ގުޅުންހުރި ބަލިތައް އިތުރުވެފައި ވާކަމަށް ރިޕޯޓްކުރެވިފައި ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު