ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް ރ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ރ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 19:15 އިން ފެށިގެން 23:00 އާއި ހަމައަށެވެ.
މި ވަގުތުގައި ބޯކޮށް ވާރޭވެހި، ގުގުރާ އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މޫސުން މިދުވަސްވަރު ގޯސްވެގެން އުޅެނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މޫސުމާއި ބެހޭ އިދާރާއާއި އެހެނިހެން ގުޅުން ހުރި ހުރިހާ އިދާރާތަކުން ވަނީ މިދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ހާއްޞަކޮށް ކަނަޑު ދަތުރު ކުރެއްވުމުގައި މޫސުމަށް ސަމާލުވުމަށް އަންގާފައެވެ.
މި ލިޔުން ކިޔާލުމުން