Saturday, October 31
ގުޅީ ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރާއި ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ދާނެ: ރައީސް
މާލެ އަތޮޅު ގުޅީ ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރު ތަރައްޤީކޮށް ބިންހިއްކުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ބޭނުންވާގޮތް ކައުސިންލާއި އެކު ބެއްވުނު ބައްދަލުވުމުގައި ރައީސް އައި ޙިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ ޖާގަ ބޮޑުކޮށްދޭން ކައުންސިލުން އެދިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ. ގުޅިއަށް ބޭނުންވަނީ އާ ބަނދަރެއްތޯ ނުވަތަ މިހާރު އޮތް ބަނދަރު ބޮޑުކުރާނީތޯ މަޝްވަރާކޮށް، އެކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ރައީސް ވިދާޅުވީ އެމްޓީސީސީއާއި ހަވާލުކޮށްގެން ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު ހުއްޓުމެއް ނެތި ރަށުގެ ބިން ހިއްކައި ހިމާޔަތްކޮށް ނިންމަވާނެ ކަމަށެވެ. އޭގެ ސަބަބުން ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ގުޅި ސްކޫލުގެ ޖާގައިގެ ދަތިކަން ބޮޑުވެގެން އެ ރަށުގައި އަޅާ ސްކޫލްގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަމާއި މިވަގުތު ހުރި މިސްކިތަށް ޖާގައިގެ ދަތިކަން ދިމާވެފައިވާކަން ފާހަގަކުރައްވާ އައު މިސްކިތެއް އަޅުއްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ. ރަށަށް ފައިދާއެއް ނުވާނޭގޮތަށް ލޯކަލް ޓޫރިޒަމަށް ދޫކޮށްފައިވާ ބިމުގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެޓަރނީ ޖެނެރަލާއި ފަތުރުވެރިކަމުގެ ވުޒާރާ އާއި ރަށު ކައުންސިލުން މި މައްސަލަ ދިރާސާކޮށް، ރަށަށް އެންމެ ފައިދާވާނޭ ގޮތަކީ އެ އެއްބަސްވުން ނިމުމަކަށް ގެނައުންކަމުގައި ނިންމަވައިފިނަމަ، އެކަން އެގޮތަށް ކުރުމަށް މަގުފަހިކޮށްދެއްވާނޭ ކަމަށްވެސް ވިދާޅުވެފައެވެ. ރައީސް އެއްދުވަހަށް ގުޅި އަށް މި ކުރެއްވި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު