Tuesday, November 3
މިއަހަރަކީ ބޯހިޔާވަހިކަމާއި އެހެނިހެން ތަރައްޤީގެ މަޝްރޫޢު އެންމެ ގިނައިން ހިނގާނެ އަހަރު: ރައީސް

މިއަހަރަކީ ބޯހިޔާވަހިކަމާއި އެހެނިހެން ދާއިރާތައް ހިމެނޭގޮތަށް ތަރައްޤީގެ މަޝްރޫޢުތައް އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ހިނގާ އަހަރަށްވެގެންދާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކ. ގުޅިއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި މިއަދު ހަވީރު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ތަރައްޤީގެ މަސައްކަތާއެކު މިއަހަރު ވެގެންދާނީ މުއްސަނދިކަން ރައްޔިތުންނަށް އިހްސާސްކޮށްދިނުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އަހަރަކަށް ކަމުގައެވެ.

ރައީސް ވިދާޅުވީ މި ހިނގާ ޖެނުއަރީ މަހުގެ ތެރޭގައި މާލޭގައި ނޫން އެހެން ހުރިހާ އަތޮޅެއްގައި ހިންގާ ހައުސިންގް މަޝްރޫއުތަކަށް ބޭނުންވާ ކޮންޓްރެކްޓަރުން ހޯދުމަށް އިއުލާން ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ހުޅުވާލާފައިވާ ލޯން ސްކީމްގެ ތެރެއިން އެތައްބަޔަކަށް ގެދޮރުގެ ލުއި ލޯނުތައް ލިބިގެންދާނެ. އަމަލީ ގޮތުން ހައުސިން މަޝްރޫޢުތައް ހިނގަން ފަށާނެ" ރައީސް ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢު 3 ގުނަ އަވަސްކޮށް، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ރެކޯޑް އަދަދަކަށް މިއަހަރު ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއު ވެގެންދާނީ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލު ލިބިގެން އަންނާނެ މަޝްރޫއު ކަމަށެވެ.

" އެއްތަނަކުން އެއްފަސްގަނޑެއްގައި އެންމެ ގިނަ މީހުން އާބާދުވާނެ އެންމެ ބޮޑު މަޝްރުޢު އަށް ވެގެންދާނީ ރަސްމާލެ މަޝްރޫއު" ރައީސް ވިދާޅުވި އެވެ.
ރައީސް  ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރު ބައެއް ކުންފުނިތަކުން އެތަން މޮބިލައިޒް ކުރުވައިގެން އެއްފަހަރާ އެތައް މަޝްރުޢުތަކެއް އެތައްފަރާތްތަކެއްގެ މަސައްކަތް ތަކެއް އެނުގެ މަސައްކަތް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެއްފަހަރާ އެތައްބަޔަކާއި އެކީ އެތަނުގައި އެތަނުގެ މަސައްކަތް 3 ގުނައަށް ބާރަށް ކުރިއަށް ދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު