Saturday, October 31
ޗައިނާގެ މާރުކޭޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޗައިނާގެ އުތުރު ސަރަޙައްދުގެ މާރުކޭޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެެވެ.

އެ ޤައުމުގެ ސަރުކާރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި މިހާތަނަށް 8 މީހުން ވަނީ މަރުވެފައެވެ. އަދި 15 މީހުންނަށް ވަނީ އެކި ވަރުގެ ޒަޚަމްތައް ލިބިފައެވެ.

ހެބޭ ޕްރޮވިންސްގެ ޒަންޖިއާކޯ ސިޓީގައި ހުންނަ ލިގުއަންގ މާރުކޭޓުގައި، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހު މެންދުރު ގާތްގަނޑަކަށް 12:00 ހާއިރުއެވެ. އަލިފާން ނިންވާލެވިފައި ވަނީ ގާތްގަނޑަކަށް ދެގަޑިއިރު ފަހުން ކަމަށް، މާރުކޭޓް ހުރި ޗިއާއޯޝީ ޑިސްޓްރިކްޓްގެ ސަރުކާރު އޮފިޝަލަކާ ހަވާލާދީ ޒިންހުއާ ނިއުސް އޭޖެންސީން ވަނީ ބުނެފައެވެ.

ޒަޚަމްވި މީހުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން ކަމަށާއި، ނުރައްކާތެރި ހާލަތެއްގައި އެއްވެސް މީހެއް ނެތްކަމަށް، ސަރުކާރުގެ ޓީވީ ޗެނަލް ސީސީޓީވީން ބުނެފައިވެއެވެ. މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވުމަށް ސަބަބު އަދި އެނގިފައިނުވާކަމަށާއި، ހާދިސާ ހިނގުމަށް މެދުވެރިި ސަބަބު ބަލަމުންދާ ކަމަށްވެސް ސީސީޓީވީން ބުނެފައިވެއެވެ.

ޗައިނާގެ ވެއިބޯ މައިކްރޯބްލޮގިންގ ސައިޓުގައި ޕޯސްޓްކޮށްފައިވާ ވީޑިއޯތަކުގައި މާރުކޭޓުގެ މަތީގައި ބޮޑެތި ކަޅު ދުންތަކާއެކު އަލިފާންގަނޑު އުދުހެމުންދާ މަންޒަރު ފެނެއެވެ.

ލިގުއަންގ ތަރުކާރީ މާރުކޭޓް ހުޅުވާފައި ވަނީ 2011 ވަނަ އަހަރުގައެވެ. މިތަނުގައި މޭވާއާއި، ކަނޑުމަހާއި، އިލެކްޓްރޯނިކް ތަކެތި ވިއްކަމުންދާ ކަމަށް ކުންފުނިތަކުގެ މަޢުލޫމާތު ދޭ ޗީޗާޗާ އިން ބުނެފައިވެއެވެ.

މިފަދަ އާންމު މާރުކޭޓުތަކުގައި ގިނަ ފަހަރަށް ތަކެތި ހުންނަނީ ސުޕަމާކެޓުތަކަށް ވުރެ އަގުހެޔޮކޮށެވެ.

ޒަންޖިއާކޯއަކީ 2022 ވަނަ އަހަރުގެ ވިންޓަރ އޮލިމްޕިކް ގޭމްސްގެ އިވެންޓްތައް ވެސް ބޭއްވުނު ސަރަހައްދެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު