Saturday, November 14
ރާއްޖޭގައި އެންމެ ގިނައިން ސަރޖަރީ ހަދަނީ 64-35 އަހަރާ ދެމެދު މީހުން

ރާއްޖޭގައި 2023 ވަނަ އަހަރު 20593 ސާރޖަރީ ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން ވަނީ 2022 އަދި 2023 ވަނަ އަހަރު ކުރެވުނު ސާރޖަރީ ތަކުގެ ތަފާސްހިސާބުތައް އާއްމުކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން  2022 ވަނަ އަހަރު 19732 ސާރޖަރީ ވަނީ ހަދާފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން  2023 ވަނަ އަހަރު ކުރެވުނު ސާރޖަރީ ތަކުގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ ޕަސަންޓޭޖް ހުރީ އެއްވަރެއްގައެވެ. 10292 ފިރިހެނުން ސަރޖަރީ ހެދިއިރު 10301 އަންހެނުން ވަނީ 2023 ވަނަ އަހަރު ސަރޖަރީ ހަދާފައެވެ.

މީގެ ތެރެއިން ގިނަ ސަރޖަރީ ހަދާފައިވަނީ މާލޭގައެވެ. އެއީ އައިޖީއެމްއެޗް، އޭޑީކޭ، ޓްރީޓޮޕް އަދި ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން އެހެން ޕްރައިވެޓް ހޮސްޕިޓަލުގައި ކުރެވިފައިވާ އޮޕަރޭޝަންތަކެވެ.

ސަރުކާރު ޞިއްޚީ ޚިދުމަތްދޭ ތަންތަނާއި އަމިއްލަ ޞިއްޚީ ޚިދުމަތްދޭ ތަންތަނުގައި 2023  ވަނަ އަހަރު ކުރެވިފައިވާ ސާރަޖަރީތަކަށް ބަލާއިރު 47 ޕަސެންޓް ސަރޖަރީ ހަދާފައިވަނީ އަމިއްލަ ޞިއްޚީ ޚިދުމަތްދޭ ހޮސްޕިޓަލްތަކުގައެވެ. 53 ޕަސެންޓް ސަރޖަރީ ކުރެވުނީ ސަރުކާރު ހިއްސާވާ ހޮސްޕިޓަލް ތަކުގައެވެ.

މާލޭގައި 78 ޕަސެންޓް ސަރޖަރީ ކުރެވުނު އިރު އަތޮޅުތަކުގައި ކުރެވުނީ އެންމެ 22 ޕަސެންޓް ސަރޖަރީ އެވެ.

2022 އަދި 2023 ވަނަ އަހަރު އެންމެ ގިނަ ސަރޖަރީ ހަދާފައިވަނީ އުމުރުން 35 އަހަރާއި 64 އަހަރާއި ދެމެދުގެ މީހުންނެވެ.

އެއީ 2022 ވަނަ އަހަރު ޖުމުލަ 7569 ސާރަޖަރީ އެވެ. 2023 ވަނަ އަހަރު ހަމަ މި ޢުމުރުފުރައިގައި 7727  މީހުން ސަރޖަރީ ހަދާފައިވާއިރު 4207 އަންހެނުން ވަނީ ސަރޖަރީ ހަދާފައެވެ. ފިރިހެނުން ސަރޖަރީ ހެދިއަދަދު ހުރީ 3466 ގައެވެ. 2023 ވަނަ އަހަރު ވަނީ ސަރޖަރީ ހެދިމީހުންގެ މިއުމުރުފުރައިގައި ވެސް މަތިވެފައެވެ.

އަތޮޅު ހޮސްޕިޓަލް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް- ފޮޓޯ:ކޭ.އާރް.އެޗް

2023 ވަނަ އަހަރު މާލެ ފިޔަވައި އެންމެ ގިނަ ސާރޖަރީ ހަދާފައިވަނީ އައްޑޫ ސިޓީގައެވެ.  އެއީ 1031 ސަރޖަރީއެވެ. އެހެން ނަމަވެސް 2022 ވަނަ އަހަރު އަތޮޅުތަކުން އެންމެ ގިނަ ސަރޖަރީ ހަދާފައިވަނީ ހދ އަތޮޅު ގައެވެ. އެއީ 818 ސަރޖަރީއެވެ. 2023 ވަނަ އަހަރު ހދ އަތޮޅުގައި ސަރޖަރީގެ އަދަދު ހުރީ ދަށްވެފައެވެ. އެއީ 753 އެވެ.

ތަފާސް ހިސާބަށް ބަލައިރު 2022 ވަނ އަހަރު ޅ އަތޮޅުގައި ހެދި ސަރޖަރީގެ އަދަދު 121 ގައި ހުރި ނަމަވެސް 2023 ވަނަ އަހަރު ވަނީ  އެ އަދަދު ވަރަށް ބޮޮޑުތަނުން އިތުރުވެފައެެެވެ. 2023 ވަނަ އަހަރު 603 ސަރޖަރީ ހަދާފައިވެއެވެ.

އާއްމުގޮތެއްގައި ރާއްޖޭގައި ހަދާ ސަރޖަރީ ތަކުގެ ތެރޭގައި ހިތުގެ ބަލިތައް، ދަތުގެ ފަރުވާ، އީއެންޓީ، ގެސްޓްރޯ އިންޓެސްޓިނަލް، ނާރުގެބަލިތައް، އަންހުންނާއި ވިހެއުމުގެ، ކަށީގެ އަދި ޖެނެރަލް ސަރޖަރީތައް ހިމެނެއެވެ.

ބޮޑެތި ސަރޖަރީ އަންހެނުން

2022- 2023 ވަނަ އަހަރު ވެސް ބޮޑެތި ސާޖަރީތައް ގިނައިން ކޮށްފައިވަނީ އަންހެނުންނެވެ. 2023 ވަނަ އަހަރު 6،601 އަންހެނުންނާއި 3،935 ފިރިހެނުން ވަނީ މޭޖާގެ އެކި ސާޖަރީތައް ހަދައިފަ އެވެ. ކުދި ސާޖަރީތައް 6،366 ފިރިހެނުން އަދި 3،691 އަންހެނުން ހަދާފައިވެ އެވެ.2022 ވަނަ އަހަރު 5692 އަންހެނުން ބޮޑެތި ސަރޖަރީ ހެދިއިރު ، 316 ފިރިހެނުން ވަނީ ބޮޑެތި ސަރޖަރީ ހަދާފައެވެ.

އެ އަހަރު މާބަނޑު މީހުންނާއި އަންހެނުންނާ ގުޅޭ ކަންކަމުގައި 3،650 ބޮޑެތި ސާޖަރީ އަދި އެ ސްޕެޝަލިޓީގައި ކުދި 678 ސާޖަރީ ހެދި އެވެ. މީގެ ތެރޭގައި ވިހެއުމަށް ކުރާ ސިޒޭރިއަން ހިމެނެއެވެ.

ތާފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އާއްމުކޮށް ޑިސެމްބަރު އަދި ޖުލައި މަހު ކުރެވޭ ސަރޖަރީތަކުގެ އަދަދު  ވަނީ އިތުރުވެފައެވެ. އެއީ ސްކޫލް ޗުއްޓީއާއި ވެސް އާއްމުކޮށް ދިމާވާ ދުވަސްވަރެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ހެލްތު މިނިސްޓްރީން ވަނީ  2023 ވަނަ އަހަރު ސަރުކާރު ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރު އަދި އަމިއްލަ ތަންތަނަށް ޑޮކްޓަރަށް ދައްކުމުގެ ތަފާސްހިސާބުތައް އާއްމުކޮށްފައެވެ.  ހަފުތާއަކަށް ބަލާ ނަމަ 61،222 އަދި މަހެއްގެ މައްޗަށް 265،298 ވިޒިޓް އޯޕީޑީއަށް ރެކޯޑް ކުރެވިފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެ ތަފާސް ހިސާބުތަކަށް ބަލާއިރު 2023 ވަނަ އހަރު ސްޕެޝަލިޓީގެ ތެރެއިން އެންމެ ގިނަ ފަހަރު ޑޮކްޓަރަށް ދައްކާފައިވަނީ އަންހެނުންނާއި ދަރިމައިވުމާ ގުޅޭ ކަންކަމަށް ހާއްސަ ޑޮކްޓަރުންނަށެވެ. އޭގެ ތެރެއިން 99 ޕަސެންޓަކީ އަންހެނުންނެވެ. ދެ ވަނައަށް، އެންމެ ގިނައީ އެތެރެ ހަށީގެ ބަލިތަކަށް ދެއްކި މީހުންނެވެ.

2022 ވަނަ އަހަރު ސަރުކާރު ތަންތަނާއި އަމިއްލަ ހޮސްޕިޓަލް/ކްލިނިކްތަކަށް ދުވާލެއްގެ މައްޗަށް 7،672 ފަހަރު ޑޮކްޓަރަށް ދައްކާފައިވެ އެވެ. ހަފުތާއަކަށް 53،851 ފަހަރު އަދި މަހެއްގެ މައްޗަށް 233،355 ފަހަރު ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު