Saturday, November 14
ޗައިނާގެ ހާލަތު ދަނީ މޮނިޓަރ ކުރަމުން: އެޗް.ޕީއޭ

ޗައިނާގައި ފެތުރެމުންދާ ބަލިތަކަކީ އާއްމުކޮށްވެސް ދައުރުވާ ނޭވާލާ ނިޒާމުގެ ބަލިތަކެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭ އިން މިއަދު ބުނެފިއެވެ.

އެޗް.ޕީ.އޭ އިން ޗައިނާގައި ފެތުރެމުންދާ ބަލިތަކަކީ އާއްމުކޮށްވެސް ދައުރުވާ ނޭވާލާ ނިޒާމުގެ ބަލިތަކެއްކަމަށެވެ. މީގެ ތެރޭގައި އެންމެ ގިނައީ އިންފްލުއެންޒާއެވެ. މީގެ އިތުރުން އާރް.އެސް.ވީ، ރައިނޯވައިރަސް، އެޑިނޯވައިރަސް، މައިކޯޕްލާސްމާ ނިމުއޯނިއާ އަދި ހިއުމަން މެޓަނިއުމޯވައިރަސް ހިމެނޭކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.

ޗައިނާގެ ހާލަތު މޮނިޓަރ ކުރަމުންދާކަމަށާއި އެޗްޕީއޭ އިން މިއަދު ވަނީ ބުނެފައެވެ. މީގެ އިތުރުން، މިދުވަސްވަރަކީ ވަރަށް ގިނަ ފަރާތްތަކުން އުމްރާއިންނާއި އެކި ސަރަހައްދުތަކަށް ދަތުރުކުރުމަށްފަހު އެނބުރި އަންނަ ދުވަސްވަރު ކަމުން، ނޭވާލާ ނިޒާމުގެ ބަލިތައް މިދުވަސްވަރު ރާއްޖޭގައިވެސް އިތުރުވެދާނެކަމަށް އެޗްޕީއޭ އިން ވަނީ ލަފާ ކޮށްފައެވެ. .

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން، ޗައިނާ ސީ.ޑީ.ސީއާއި ހަވާލާ ދެއްވާ މައުލޫމާތު ދެއްވާ ގޮތުގައި ޗައިނާގެ އެކި ހިސާބުތަކުގައި ނޮވެމްބަރ 2 ވަނަ ހަފްތާއިން ފެށިގެން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާކަމަށް ފާހަގަކުރެވިފައިވެއެވެ. ފިނި މޫސުމާ ދިމާކޮށް ޗައިނާ އަދި ފިނި މޫސުން އަންނަ އެހެން ޤައުމުތަކުގައި އާއްމުކޮށް ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވެއެވެ. މިދިޔަ އަހަރާއި އަޅާ ބަލާއިރު ޗައިނާގައި މި މޫސުމުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރާއި، ބަލީގައި ބޮޑުވަރުވާ މީހުންގެ ނިސްބަތް މަދު ކަމަށް ތަފާސް ހިސާބުތަކުން ފާހަގަކުރެވެއެވެ. މިހާލަތާއި ގުޅިގެން ޗައިނާއިން އިމަރޖެންސީއެއް އިއުލާނުކޮށްފައި ނުވެއެވެ. ޗައިނާގައި ފެތުރެމުންދާ ބަލިތަކަކީ އާއްމުކޮށްވެސް ދައުރުވާ ނޭވާލާ ނިޒާމުގެ ބަލިތަކެވެ. މީގެ ތެރޭގައި އެންމެ ގިނައީ އިންފްލުއެންޒާއެވެ. މީގެ އިތުރުން އާރް.އެސް.ވީ، ރައިނޯވައިރަސް، އެޑިނޯވައިރަސް، މައިކޯޕްލާސްމާ ނިމުއޯނިއާ އަދި ހިއުމަން މެޓަނިއުމޯވައިރަސް ހިމެނެއެވެ.

އެޗް ޕީ އޭ އިން ވަނީ ނޭވާހިއްލުންފަދަ ނޭވާލާ ނިޒާމުގެ ބަލި ހުންނަ މީހުން، ދިފާއީ ބާރު ބަލިކަށި މީހުން، އުމުރުން ދުވަސްވީ މީހުން، ކުޑަކުދިން، މާބަނޑު މީހުން ނޭވާލާ ނިޒާމުގެ ބަލީގައި ބޮޑުވަރު ނުވިކަމުގައި ވިޔަސް އަވަހަށް ސިއްހީ ފަރުވާ ހޯދުމަށް އެދިފައެވެ.

ޗައިނާގައި ބޮޑު ރޯގާއެއް ފެތުރެމުންދާ ކަމުގެ ރިޕޯޓްތައް ވަނީ މިޑިއާގައި ފެންމަތިވެފައެވެ. އަދި މި ޚަބަރާއި މީގެ ކުރިން ފެތުރުނު ކޮވިޑައި ގުޅުވައިގެން މީޑިއާތަކުން ވަނީ ރިޕޯޓްކުރަން ފަށާފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު