Saturday, November 14
ގުޑުގުޑާ ދޫނި ކުޅީގައި ތިބޭއިރު ކެނޯ ދުއްވުން މަނާކޮށްފި

ގުޑުގުޑާ ދޫނި ކުޅީގައި ތިބޭއިރު ކެނޯ ދުއްވުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ ކުޅިއަށް އިރުވައި މޫސުމުގައި ޒިޔާރާތްކުރާ ގުޑުގުޑާ ދޫނިތަކާއި ކައިރިއަށް ބައެއް ފަރާތްތަކުން ދިއުމާއި، ދޫނިތަކަށް ގޯނާވާގޮތަށް ކުޅީގައި ކެނޯ ދުއްވާކަމުގެ ޝަކުވާ އެ އިދާރާއަށް ހުށަހަޅަމުންދާ ކަމަށެވެ.

އެހެންކަމުން  ގުޑުގުޑާ ދޫނި ކުޅީގައި ތިބޭއިރު ކުޅީގައި ކެނޯ ދުއްވުމަކީ މަނާކަމެއް ކަމުގައިގައި އާއްމުންގެ ސަމާލުކަމަށް ކައުނސިލުން ވަނީ ގެނެސްފައެވެ.

އަދި ޑްރޯން ދުއްވާ ފަރާތްތަކުންވެސް ދޫނިތަކަށް އުނދަގޫވާފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކައުންސިލުން ވަނީ ކުޅީގައި ކެނޯ ދުއްވާނަމަ ނުވަތަ  ދޫނިތަކަށް އުނދަގޫވާ ފަދަ އަމަލުތައް ރިޕޯޓް އެދިފައެވެ.

ކުޅުދުއްފުށީ ކުޅިއަށް މީގެ ތިން އަހަރުކުރިން ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫނި އަންނަނީ އިރުވައި މުސުމުގައި ޒިޔާރަތްކުރަމުންނެވެ.

މިއީ ބަލާލަން ހިތްގައިމު އަދި ރާއްޖޭގައި ނޫޅޭ ދޫންޏެއް ކަމުން މަންޒަރެއްކަމުން ގިނަ ބަޔަކު ދޫނިތައް ބެލުމަށާއި ފޮޓޯ ނަގަން ކުޅިއަށް ދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު