Saturday, November 21
ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ކޯޓަށް ހާޒިރުކުރުމަށްޓަކައި މީހަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާންކޮށްފިއެވެ.

މިގޮތުން ފުލުހުން ހޯދަމުންދަނީ ގދ. ވާދޫ/ ޞަބާޙީމަންޒިލް، އިޒާމް ޒާހިރު (26އ) އެވެ.

ފުލުހުން ބުނީ އިޒާމް ޒާހިރު ހޯދަމުންދަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް އަޑުއެހުންތަކަށް ހާޒިރުވަމުން ނުދާތީ އާއި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށްޓަކައި އެކި ފަހަރުމަތިން ކުރެވެނު މަސައްކަތުން އޭނާ ކޯޓަށް ހާޒިރުކުރެވިފައިނުވާތީ އާއި އޭނާ ހޯދުމަށްޓަކައި އެކި ފަހަރު މަތިން ފުލުހުން ކުރި މަސައްކަތުން އުޅޭ ވަކިތަނެއް އަދި މިހާތަނަށް ހޯދިފައިނުވާތީ ކަމަށެވެ.

ވީމާ އިޒާމް ޒާހިރުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ވާދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9960159 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު