Saturday, October 31
ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީ އަށް

ޔޫ.އޭ.އީ.ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ ޝެހިޙް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދަޢުވަތަކަށް އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ) އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، މިއަދު ފުރާވަޑައިގެންފިއެވެ.

ވަޒީރު ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި، ޔޫ.އޭ.އީ.ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ ޝެއިޚް ޢަބްދުﷲ ބިން ޒަޔެދް އަލް ނަޙްޔާންއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުމަށް ރިޢާޔަތްކުރައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާ ގުޅޭގޮތުންނާއި، މުސްތަޤްބަލުގައި ދެ  ޤައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ އިތުރު ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކުރެއެވެ.

މީގެ އިތުރުން، ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް ވަޒީރު ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި ޔޫ.އޭ.އީ ސަރުކާރުގެ އިސްވެރިންނާ ބައްދަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުން، ދިވެހިރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ޔޫ.އޭ.އީން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެ ގުޅުން އިތުރުކުރުމަށްޓަކައި ދެ ޤައުމުން އެކުގައި ކުރަމުންގެންދާ މަސައްކަތްތައް ހާމަވެގެންދާނެއެވެ.

މި ދަތުރުފުޅުގައި ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް ޢަބްދުﷲ ޙަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު